ރ. މަޑުއްވަރީގައި ހިނގި މާރާމާރީއެއްގެ މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ރ. މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ރ. މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާ ދެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އިތުރު ތަފުސީލު ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

