ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ. އެންމެ ބޮޑު ކަންބޮޑުވުމަކީ މީހުން ގެއްލުމާއި މަގު އޮޅުމުގެ މައްސަލައެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން މިދިޔައަހަރު ވަނީ ޒަމާނީ ޓެކްނޮލޮޖީއެއް ކަމުގައިވާ ޓްރެކަރ ތަޢާރަފްކޮށްފައެވެ.
ޙައްޖު ކޯޕަރޭޝަނުން ތައާރަފު ކުރި މީހުން ތިބި ތަން ދެނެގަނެވޭ މި “ޓްރެކަރ” ބޭނުންކުރަން ފެށީ ނިމުނު ޙައްޖު މޫސުމުގައެވެ. ފާއިތުވި ޙައްޖު މޫސުމުގައި 1150 މީހުންނަށް މި ޚިދުމަތް ފޯރުކޮށްދެވުނެވެ. ކޮންމެ ޙައްޖާޖީއެއްގެ ކަރުގައި އަޅާ ކާކުކަން އަންގައިދޭ ކާޑާއެކު އެމީހަކު ހުރި ތަން ވަގުތުން ބަލާލެވޭ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ޓްރެކަރ ހަރުކުރެވިފައި ހުރެއެވެ. އޭގެފަހުން ކޮންމެ ޢުމްރާ ދަތުރެއްގައިވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވެމުންދެއެވެ. މިއީ އަބަދުވެސް ކަރުގައި އަޅާފައި އޮންނަ ކާޑާއެކު ަހަރުކޮށްފައި ހުންނާނެ ޓްކެކަރއެކެވެ.
ޓްރެކަރގެ ކާމިޔާބީ؛ މި ޓެކްނޮލޮޖީގެ ފައިދާ ވަރަށް އަވަހަށް ފެންނަން ފަށާފައެވެ. އެތަކެއް ގިނަ ބަޔަކު އެއްވެގެން އަރަފާތު ބިމަށާއި އަދި އެހެންވެސް އެކިކަހަލަ އަޅުކަމުގެ މައިދާންތަކަށް ކުރާ ދަތުރުތަކާއި ފައިމަގުގައި ހިނގާފައި ދިޔުމުގެ މަގުމަތީ މީގެ ކުރިންވެސް މީހުންނަށް މަގުއޮޅުންފަދަ ކަންކަން ދިމާވެފައި އެބަހުއްޓެވެ. މީގެ ކުރިން މީހުން ނުފެނިގެން އިއުލާން ކޮށް ޓީވީ ރޭޑިއޯތަކުން ގޮވާ އެތައް ކަންބޮޑުވުންތަކާއި މަސަައްކަތަށްފަހު ދެދުވަަސް ތިންދުވަސް ފަހުން މީހުން ފެންނަންދެން މިއަދު އިންތިޒާރު ކުރަން ޖެހުނަސް މިއަދު މިއޮތީ އެކަމަށް ހައްލެއް ހޯދިފައވެެ. މިޓްރެކަރ އޮތްހާ ހިނދަކު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މީހުންނަށް މަގު އޮޅުނު ނަމަވެސް، ޓްރެކަރގެ އެހީގައި އެމީހުން ވަރަށް އަވަހަށް ހޯދައި، އެމީހުން ދާންޖެހޭ ތަނަށް ގެންދެވޭނެއެވެ.
ޙައްޖުގެ އިތުރުން ޢުމްރާގެ އަޅުކަމުގައިވެސް ޓްރެކަރ ބޭނުންކުރެވެއެވެ. ޚާއްޞަކޮށް ޙަރަމަށް މީހުން ވަދެނިކުމެވާ މަގުތަކަށް ގެނެވޭ ވަގުތީ ބަދަލުތަކުގެ ސަބަބުން މީހުންނަށް މަގު އޮޅުމުގެ މައްސަލަ ދިމާވިނަމަވެސް، މިހާރު އެފަދަ މައްސަލަތައް 30 މިނެޓުތެރޭ ޙައްލުކުރެވެއެވެ.
މިއަހަރުގެ ރަމަޟާންމަހު އެކަނިވެސް 4 މިލިއަނެއްހާ މީހުން އަޅުކަމަށް މައްކާއަށް އެތެރެވެފައިވާއިރު، މިފަދަ ޓެކްނޮލޮޖީއެއްގެ މުހިންމުކަން އިތުރަށް ފާހަގަކުރެވެއެވެ. މިއީ ޙައްޖާއި ޢުމްރާވެރިންގެ އަޅުކަން ކަށަވަރުކޮށްދީ، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ޓްރެކަރ ބޭނުންކުރަން ފެށުމަކީ ޙައްޖާއި ޢުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އަޅުކަން އަދާކުރުމުގައި ދިމާވާ ގިނަ ދަތިތަކެއް ޙައްލުވެ، އަޅުކަންކުރާ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބިދިން އެހީތެރިއަކަށް މި ޓްރެކަރ ވާނެކަން ޔަގީނެވެ.

