އޮރިޔާން ކާޑު ގެންގުޅެ، ކުރީގެ އަނބިމީހާއަށް ބިރު ދެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލޭގެ ދަފްތަރު ނަންބަރު ރސ. 1704 ގައި ރަޖިސްޓްރީ ކޮށްފައިވާ މުހައްމަދު ޒުބައިރު ނަމަކަށް ކިޔާ މީހެކެވެ،
ކްރިމިނަލް ކޯޓުން މުހައްމަދު ޒުބައިރުގެ މައްޗަށް ނެރުނު ބަންދު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ހުއްދަ ނެތި ގޯތި ގެދޮރަށް ވަނުމާއި، އޮރިޔާން ކާޑު ގެންގުޅުމުގެ އިތުރުން، ބްލެކްމެއިލް ކުރުމާއި، ބިރު ދެއްކުމުގެ ކުށުގެ މައްސަލަތަކެއް ކަމަށެވެ
ކޯޓުން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޒުބައިރު އޭނާގެ ކުރީގެ އަނބިމީހާއަށް ބްލެކްމެއިލްކޮށް ބިރުދެއްކި ކަމުގެ ހެކި ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި ޒުބައިރު ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

