ލ. މާވަށުން މާލެއަށް ދަތުރުކުރަމުން ދިޔަ “ހޮޅުދޫ ބޯޓު” ގައި އަލިފާން ރޯވެ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފިއެވެ.
މުދާ އުފުލާ މި ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރި ވީޑިއޯއަކުން ދައްކައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި މުޅި ބޯޓުގައި އެކީ ހުޅުހިފާފައިވާއިރު، ބޯޓު ބޭނުން ނުކުރެވޭވަރަށް ރޯވެފައިވާ މަންޒަރު ފެނިގެންދެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ކައްދޫ ފަޔާ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި މީހުންގެ އަދަދާއި، އަލިފާން ރޯވި ސަބަބު އަދި ވަނީ ހާމަކޮށްފައި ނުވެއެވެ.
އިތުރު ތަފުސީލު އަންނަނީ…

