ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި 3 ބިދޭސީއަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހަދަމުންދާ ސަރަހައްދުގައި މިއަދު ހިނގި މާރާމާރީއެއްގައި 3 ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއްވެ ބޮޑު ޒަހަމެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:49 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މިޞްރުގެ ދެ ރައްޔިތަކާއި ބަންގްލަދޭޝްގެ އެކަކު ކަމަށެވެ.
މި މާރާމާރީއަކީ އައު ޓާމިނަލް ހަދަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ހިނގި ހާދިސާއެއްކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ މަސައްކަތަކީ ރާއްޖޭގެ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަޝްރޫއުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރަމުން ގެންދެއެވެ

