ހުޅުމާލޭގައި މީހަކު ރަހީނުކޮށް، އޭނާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހަކު އަނެއްކާ ވެސް އެހެން މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި 12 މީހުން ވެގެން މީހަކު ރަހީނުކޮށް، އޭނާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށް 12 މީހުން އަތުލައިގަތް ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި، އާރެސް، ހަސަން ޣާލިބް (38އ) އެވެ.
މީހަކު ރަހީނުކުރި މައްސަަލައިގައި ޣާލިބް ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި ހުއްޓައި އޭނާ މިފަހަރު ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައިއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ޣާލިބަކީ ގިނަ އަދަދަކަށް ކުށުގެ ރިކޯޑު އޮންނަ މީހެއްކަން ފާހަގަކޮށްލެެވެއެވެ.

