މީހަކު ކުޑަކުއްޖަކަށް އޮރިޔާން މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މަތިއުތުރު ސަރަހައްދުގައި ހިމެނޭ (ހއ، ހދ. ށ) ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ފޯނުން ދެއްކި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 2 އޭޕްރީލް 2025 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، މައްސަލަ ހުށަހެޅުނު އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

