އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް އަލީ ނަޝީދު (ސނ: 2324) ނިޔާވެއްޖެއެވެ. ނަޝީދު ނިޔާވީ ސިނކުޑީގައި އުފެދުނު ޓިއުމަރަކާ ގުޅިގެން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ނަޝީދު އަވަހާރަވި އިރު ސިފައިންގެ ޚިދުމަތުގައި 30 އަހަރާއި 8 މަހާއި 19 ދުވަސް ވަނީ ހޭދަކުރައްވާފައެވެ. އޭނާގެ ބަލިހާލު ގޯސްވުމާ ގުޅިގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު ތިން އަހަރުވެއްޖެއެވެ.
މަރުޙޫމް ނަޝީދަކީ ކޯސްޓްގާޑްގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ޚިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ. ސިފައިންގެ ޚިދުމަތުގެ މުއްދަތުގައި ނަޝީދު ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ނަޝީދު ނިޔާވި އިރު އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި ތިއްބެވެ.
އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން

