އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހުނު ފިރިހެން މީހާ އިތުރު ފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންގޮސްފިއެވެ. މިކަން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
މި ހާދިސާގައި ފިހުނު ފިރިހެން މީހާގެ ހާލަތު ކުރިން ވަރަށް ސީރިއަސްކޮށް ހުރިއިރު، އޭނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު، މީގެ 2 ދުވަސް ކުރިން ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެއަށްފަހު އިތުރު ފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާފައިވަނީއެވެ.
މި ހާދިސާގައި އަނިޔާވި އަންހެން މީހާ ވަނީ މާރޗް 31 ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އަންހެން މީހާގެ ކޮޓަރީގައި ކަމަށް ވީނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ އަދިވެސް އިތުރަށް މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

