މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގައި އަލަށް އިމާރާތްކުރާ ތިން އިމާރާތެއްގެ މަސައްކަތަށް ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީ އިން ހާމަކޮށްފިއެވެ.
މި ތިން އިމާރާތަކީ އެރަށުގެ ހޮސްޕިޓަލްގެ އައު އިމާރާތާއި، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު އަދި ޕޮލިސް ސްޓޭޝަންގެ އިމާރާތެވެ.

ހޮސްޕިޓަލް، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު އަދި ޕޮލިސް ސްޓޭޝަން، މި 3 އިމާރާތަށް ބޭނުންވާ ސާމާނު ވެލިދޫއަށް ގެންދިއުން/ ފޮޓޯ:އާރްޑީސީ

ހޮސްޕިޓަލް، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު އަދި ޕޮލިސް ސްޓޭޝަން، މި 3 އިމާރާތަށް ބޭނުންވާ ސާމާނު ވެލިދޫއަށް ގެންދިއުން/ ފޮޓޯ:އާރްޑީސީ
އާރްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތްތަކަށް ބޭނުންވާ ސާމާނު ބޯޓަށް ލޯޑުކޮށްފައިވަނީ ރޭގައެވެ. އަދި މިހާރު ވަނީ އެ ސާމާނުތައް ވެލިދޫއަށް ގެންދިއުމަށްޓަކައި ބޯޓު ފުރާފައެވެ.
ވެލިދޫ ހޮސްޕިޓަލުގެ އައު އިމާރާތާއި ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް އާރްޑީސީއާ ސަރުކާރުން ހަވާލުކުރީ މިދިޔަ މާރިޗް މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ހޮސްޕިޓަލް، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު އަދި ޕޮލިސް ސްޓޭޝަން، މި 3 އިމާރާތަށް ބޭނުންވާ ސާމާނު ވެލިދޫއަށް ގެންދިއުން/ ފޮޓޯ:އާރްޑީސީ

ހޮސްޕިޓަލް، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު އަދި ޕޮލިސް ސްޓޭޝަން، މި 3 އިމާރާތަށް ބޭނުންވާ ސާމާނު ވެލިދޫއަށް ގެންދިއުން/ ފޮޓޯ:އާރްޑީސީ
މި އިމާރާތްތައް ނިމުމުން ވެލިދޫގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ރަށުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

