ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުބާސަބަތުގައި ރާވާފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން، އދ. މާމިގިލީގައި މި ހަރަކާތް ރަސްމީކޮށް ފަށާފައިވާއިރު، މިއަދު އެ ހަރަކާތް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ
މި ހަރަކާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ހަރަކާތުގެ ތެރެއިން، މާމިގިލީގައި މިއަދު 10 އަނބު ގަސް އިންދާފައިވާއިރު ރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ރަށެއްގައި ވެސް ފުލުހުން މޭވާ ގަސްތައް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ އަހަރީ ދުވަހަކީ މާރިޗު މަހުގެ 29 ވަނަ ދުވަހެވެ.

