ނ. ވެލިދޫގައި އާރްޑީސީން ކުރިއަށް ގެންދާ މުހިންމު ތިން ޕްރޮޖެކްޓަކަށް ބޭނުންވާ ސާމާނުތައް އެރަށަށް ފޮނުވައިފި އެވެ.
މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތާއި، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު އަދި ޕޮލިސް ސްޓޭޝަންގެ މަސައްކަތެވެ.
ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް؛
- މިއީ 108,322,537.03 ރުފިޔާގެ މަޝްރޫއެއް
މި މަޝްރޫއު ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
އާރްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ވެލިދޫގައި އަޅާ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެވިފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ހަމަ އެމަހުގެ 29 ވަނަ ދުވަހު ވަނީ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްވެސް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
މި ތިން މަޝްރޫއަކީވެސް ވެލިދޫގެ ރައްޔިތުންނަށް އެކި ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއުތަކެކެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ރަށަށް ފޮނުވައި ނިންމާފައެވެ.

