ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ވަޑައިގަންނަވައިފިއެވެ.
އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީގެ ހާރިޖީ ވަޒީރު، ހަކާން ފިދާންގެ ދައުވަތަކަށް ވަޒީރު ހަލީލް މިއަދު ތުރުކީގެ އަންތާލިއާއަށް ވަޑައިގެންފައިވާ ކަމަށް ހާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި މަހުގެ 11 އިން 13ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ “ރީކްލެއިމިންގ ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް”ގެ ޝިއާރުގެ ދަށުން، އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައި ކަމަށާއި އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ވަޒީރު ޑރ. ހަލީލް ބައިވެރިވެވަޑައިގަތުމަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާކަމެއް ކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

