ގއ ދާންދޫގައި އޭ ޒޯން ލައިސަންސް ނެގުމުގެ މަސައްކަތް ރަސްމީކޮށް ފަށައި ހިދުމަތް ހިދުމަތަށް ހުޅުވާލައިފިއެވެ.
އެކަމަށްޓަކައި މިއަދު ވަނީ ދާންދޫގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި ލައިސަންސް ނެގުމަށް ބޭނުންކުރާ ޓްރެކް ވެސް ވަނީ ހުޅުވާފައެވެ.

މިހާރު ގއ އަތޮޅުގައި ދާންދޫއާއިއެކު އިތުރު 2 ރަށެއްގައި ވަނީ ލައިސަންސް ނެގުމުގެ ހިދުމަތްދެއެވެ. ވިލިނގިލީގެ އިތުރުން ދެއްވަދޫގައިވެސް ލައިންސަންސް ނެގުމުގެ ހިދުމަތްދަނީ ދެމުންނެވެ.
ދާންދޫ ކައުންސިލްގެ ރައީސް އާސިފް ހުވަދޫ އަށް ވިދާޅުވީ މިފަދަ މުހިންމު ހިދުމަތެއް އެރަށުގައި ފެށިގެން ދިއުމާއިއެކު އެކަމުގެ ފަސޭހަތައް އަތޮޅު ތެރޭގެ އެހެންރަށްތަކަށްވެސް ފޯރާނެކަމަށެވެ. އަދި މި މަސައްކަތް އަވަހަށް ފެށުމުގައި ކައުންސިލް މެމްބަރުންނާއި އަދި މުވައްޒަފުން ދެއްވި އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށެވެ. އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.

މީގެ އިތުރުން ރަށްރަށުން ލައިސަންސް ނެގުމަށް އެދޭ ފަރާތްތަކަށް ވީހާވެސް ގާތުން ހިދުމަތްދިނުމަށް ބޭނުންވާ ކަމަށެވެ. އަދި އެފަރާތްތަކަށް ވަކީން ހާއްސަ އެއްބާރުލުމެއް ކައުންސިލުން ދެއްވާނެކަމަށެވެ.
އާސިފް ވިދާޅުވީ ދާންދޫގައި ރައްޔިތުންނާއި ގުޅުންހުރި މިފަދަ އިތުރު ހިދުމަތްތައް ކުރިއަށްތަނުގައި ފެށިގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ހުރިހާ މެމްބަރުންނާއިއެކު އެފަދަ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

