ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޮޕަރޭޝަން ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 24 އިން 26 އަށް ކުރިއަށްދާ މި ކޭމްޕުގައި ރާއްޖޭގައި މަސައްކަތްކުރައްވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު 8 ޑޮކްޓަރުން ހިމެނޭ ޓީމެއް ބައިވެރިވާނެއެވެ. މީގެ ތެރޭގައި
- ގޮހޮރު އަދި ބެރިއަޓްރިކް ސަރޖަރީ،
- އާންމު އަދި ލެޕްރޮސްކޯޕިކް ސަރޖަރީ،
- ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން ސަރޖަރީގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ

އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެ/ ފޮޓޯ:ސިއްހީވުޒާރާ
މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންގެ ތެރޭގައި
- ޑރ. އާއިޝަތު އަޒުނާ،
- ޑރ. އަބްދުﷲ އުބައިދު،
- ޑރ. މުޙައްމަދު ވަޙީދު،
- ޑރ. އިބްރާހީމް އާދިލް،
- ޑރ. މުޙައްމަދު ޝިފާން،
- ޑރ. އަލީ އާ،
- ޑރ. އަބްދުﷲ އަދްޡަރު
- ޑރ. އަސްއަދު މުޙައްމަދު ޝަހީދު
މި ކޭމްޕުގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެކި ބާވަތުގެ އޮޕަރޭޝަންތައް ކުރުމުގެ އިތުރުން، ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެއެވެ. މި ޓީމުގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މިއީ މިނިސްޓްރީ އޮފް ހެލްތާއި އައިޖީއެމްއެޗް ގުޅިގެން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.

