ނިމިގެން ދިޔަ މާރިޗު މަހަކީ ދިވެހި ރާއްޖޭގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި ރޯދައިގެ ރޫހު އާލާ ކުރުމަށާއި ގައުމިއްޔަތު ކުރި އެރުވުމަށާއި ބައެއް މުހިންމު މަސަތްކަތުގެ ފެންވަރު ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހިންމު ފިޔަވަޅުތަކެއް އެޅުއްވި މަހެކެވެ.

"ޢީދު ހަވީރު 1446" ގައި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއިން ބައިވެރިވެވަޑައިގަތުން
މި އަހަރުގެ މާރިޗު މަހާއި ރަމަޟާން މަހާއި ޢީދާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވާފައިވެއެވެ. މުލަ ރޯދަ ދުވަސް ވެގެން ދިއައީ ރާއްޖެއަށް ބޯ ކޮށް ވާރޭ ވެހި ގިނަ ބަޔަކަށް ގެއްލުންތަކެއް ލިބިގެން ދިޔަ ދުވަހަކަށެވެ. ބޯ ކޮށް ވާރޭ ވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ލިބުނު ތަކުލީފުތަކަށް ލުއި ދެއްވުމުގެ ގޮތުން 2 މާރިޗު 2025 ބަންދު ދުވަހެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ.
މާރިޗު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްޖިދް އުމްމުލް މުއްމިނީން އައީޝާ (ރއ)ގެ ބިންގާ އަޅުއްވާ ދެއްވާފައިވެެއެވެެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ބިންގާ އެޅުމުގެ ރަސްމިއްޔުގައި ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ރައީސްއޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ބިންގާ އެޅުމުގެ ރަސްމިއްޔުގައި ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ރައީސްއޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ޙާފިޒުން ދަސްވެނިމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށް ދެއްވީވެސް މާރިޗު މަހުގައެވެ. މިއީ ހާފިޒުން ދަސްވެނިވުމަށް ގައުމީ ފެންވަރުގަ ވަކި ހާއްސަ ޙަފްލާ އެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފިތުރު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދު ތަހުނިޔާ އަރިސްކުރައްވާ ރައްޔިތުންނާއި މުޙާތަބު ކުރައްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން ޢީދު ސަލާން ކުރެއްވުން ކުރިއަށް ގެންދެވިއެވެ. އަދި ޢީދު ހަވީރު 1446 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން/ފޮޓޯ:ރައީސްއޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން/ފޮޓޯ:ރައީސްއޮފީސް
މާރިޗު މަހަކީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ނިންމެވުންތަކެއް ނިންމެވި މަހެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގާނޫނު ނަމްބަރު 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ފަސް ވަނަ އިސްލާހެއް ގެނެވުމުގެ ބިލް ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީވެސް މާރިޗު މަހުގައެވެ.
މީގެ އިތުރުން ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތަށް ނިސްބަތް ވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކައް ދީފައިވާ އިދާރީ ކޯޑުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަންވީގޮތް ކަނޑައަޅާފައިވާ ގަރާރާއި އެއްގޮތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވީވެސް މިދިޔަ މާރިޗު މަހުގައެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސައިވައި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން އިއުލާން ކުރީ މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.

ރާއްޖެއިންބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ރޯދަވީއްލުން
ދިވެހިރާއްޖޭގެ ޓުއަރިޒަމް އާ ބެހޭ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވެވީ ވެސް މާރިޗު މަހުގެ ތެރޭގައެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކަށް 7 ވަނަ އިސްލާހުވެސް ގެންނެވީ ނިމިދިޔަ މަހުގައެވެ.
ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް އެކަށައަޅުއްވައިފައިވާ ނަމްބަރު 6/2024 ގަރާރު މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާހު ކުރައްވާފައެވެ. މާރިޗު މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މަގާމުތަކަށް މީހުން އައްޔަނުކުރައްވާފައެވެ. އެގޮތުން ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުގެ މަގާމަށް ގއ ދެއްވަދޫ ދޭލިޔާގެ އަލްފާޟިލް މުހައްމަދު އަނަސް ވަނީ އައްޔަނުކުރައްވާފައެވެ. ވަޒީފާ އާ ބެހޭ ޓްރިބިއުނަލްގެ މެމްބަރު ކަމަށް ހިކްމާ އަހުމަދު ނިޒާރު އައްޔަނުކުރައްވައިފަވެއެވެ. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ ހިތަދޫ ބާޒީގޭ އަލްއުސްތާޒު ހުސެއިން ޝަހީދު އައްޔަންކުރައްވައިފާއެވެ. އަދި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަށް މ. ދިއްގަލި ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހް ވަނީ އައްޔަންކުރައްވައިފާއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުން
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކިއުގައި 2025 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރަންތިބި އެންމެހާ ފަރާތްތަކަށް މިއަހަރު ހައްޖުވެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީވެސް މި ނިމި ދިޔަ މާރިޗު މަހުގައެވެ. މިއީ ޒަމާންތަކަކަށް ފަހު އެ އަހަރެއްގައި ކިއު ގައި ޖެހިފައިވާ އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރެވެ. ރާއްޖޭ އާއި ރާއްޖޭން ބޭރުގަ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ދޫ ކޮށްފައިވާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ޝަރީޢާ ކޮމްޕުލައިންގ ލޯނުތަކެއްކަން ކަމާ ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާއ އެންގެވީވެސް މިދިޔަ މަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ރަސްފަންނަށް ޒިޔާރާތްކުރެއްވުން
ސަރުކާރުން ދޭ ބައެއް ހިދުމަތްތަކުގެ ފެންވަރު ވަޒަންކުރުމަށް ފަށާފައިވާ ބައެއް މަޝްއޫތަށް ބަލާލުމުގެ މަސައްކަތްތައް ނިމިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރައްވާފައެވެ. ރަސްފަންނަށް ޒިޔާރަތްކުރައްވާ އެތަނުގެ މާހައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރެއްވެވި މަސައްކަތްތައް ހުސްވި މަހު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ޓާމިނަލަށް ޒިޔާރާތް ކުރައްވާ ޓާމިނަލް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ވަނީ ބައްލަވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލަށް ޒިޔާރާތްކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ތިލަފުށްޓަށް ޒިޔާރާތްކޮށްލަވާ ގްރޭޓާ މާލޭ އޭރިއާ އިމްޕްރޫމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓްގެ މަސައްކަތްތައް ބައްލަވާލެއްވެވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގެ މަސައްކަތްތައް ވެސް ވަނީ ބައްލަވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ތިލަފުއްޓަށް ޒިޔާރަތްކުރެއްވުން
މާރިޗުމަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޝެނަލް ތެލެސީމިއާ ސެންޓަރަށް ޒިޔާރާތްކޮށްލަވާ އެތަނުގެ ހާލަތު ބައްލަވާލާފައެވެ. ނޭޝެނަލް ތެލެސީމިއާ ސެންޓަރ ބަދަލުކުރުމަށް މިހާރު ތައްޔާރުކުރަމުންދާ އޮރެންޖު ހިޔާއަށް ޒިޔާރާތްކޮށްލަވާ އެތަނުގެ މަސައްކަތްވެސް އެމަނިކުފާނު ވަނީ ބައްލަވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ވަނީ ކްރިމިނަލް ކޯޓާއި ޑުރަގް ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް އިމާރާތް ކުރަމުންދާ ތަނަށް ޒިޔާރާތްކޮށްލަވާ އެތަނުގެ ހާލަތު ބައްލަވާލާފައެވެ. މި ޒިޔާރާތުގައި އެ އިމާރަތުގެ ޕްލޭނުތައް ބައްލަވާލައްވާ އެޗްޑީސީގެ އިސް ބައެއް ބޭފުޅުންނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރުގެ އަރިހުން އެ މަސައްކަތުގަ މިހާރު ގޮސްފައިވާ ހިސާބު އޮޅުންފިލުވައިފައިވެއެވެ. ރައްޔިތުންގެ އަޑު އައްސަވާ ރައްޔިތުންގެ ގާތުން ރައްޔިތުންގެ މަޝްވަރާ އާއެކު ގައުމު ހިނގުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސް ކަމެއް ދެއްވާ އެއް ސިޔާސަތެވެ. އެގޮތުން މާރިޗު މަހުވަނީ މި މަސައްކަތުގެ އައު ބާބެއް ފައްޓަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ޙައްލުހޯދުމަށް ތައްޔާރުކުރަމުންދާ ޢިމާރާތް ބައްލަވާލެއްވުން
ރައްޔިތުންނާއެކު މި ނަމުގައް ކުރިއަށް ގެންދާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް ގެނެދީފައިވަނީ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. އެ އެޕިސޯޑްގައި އެމަނިކުފާނުވަނީ މުހިންމު ގިނަ ކަނަތަކެއް ހިއްސާކުރައްވާފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ. ޕޮޑްކާސްޓްގެ އިތުރުން ރައްޔިތުން ވީޑިއޯގެ ޒަރިއްޔާއިން ހުށައަޅުއްވާ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ރައީސްގެ ޖަވާބުގެ ސިލްސިލާގައި ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުސަތު ހުޅުވާލެއްވީވެސް މާރިޗު މަހުގައެވެ.

