ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާއި އޭނާގެ އާއިލާގެ މެންބަރުންގެ އިތުރުން 50 މީހުން ހައްޔަރު ކުރުމަށް ބަންގްލަދޭޝްގެ ކޯޓަކުން އަމުރުކޮށްފިއެވެ.
ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ބިން ހޯދުމުގެ މައްސަލައަކާއި ގުޅިގެން މި މީހުނެ ހައްޔަރުކުރުމަށް އަމުރު ނެރެފައިވާއިރު، މި މައްސަލައިގައި ހައްޔަރު ކުރަން އަމުރު ނެރުނު މީހުންގެ ތެރޭގައި ޝެއިޚް ހަސީނާގެ އިތުރުން އޭނާގެ ދައްތަ ޝެއިޚް ރެހާނާ އާއި ބްރިޓިޝް އެމްޕީ ޓިއުލިޕް ރިޒްވާނާ ސިއްދީގީ ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ 3 ދުވަސް ކުރިން، އޭޕްރީލް 10 ގައި މި ކޯޓުން ވަނީ ޝެއިޚް ހަސީނާ އާއި އޭނާގެ ދަރިފުޅު ސައިމާ ވާޒެޑް ޕުތުލް އާއި އިތުރު 17 މީހަކު ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ.
ޝެއިޚް ހަސީނާގެ 16 އަހަރުގެ ވެރިކަން ވައްޓާލީ 2023 ގެ އޯގަސްޓް 5 ގައި ބަންގްލަދޭޝްގެ ދަރިވަރުން އިސްވެ ހިންގި އިހުތިޖާޖުތަކަކާއި ގުޅިގެންނެވެ.
ވެރިކަން ވެއްޓުމަށްފަހު އޭނާ ވަނީ ފިލައިގެން އިންޑިއާއަށް ގޮސްފައެވެ.

