ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަނުކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރުހުން ހޯދުމަށް ހުށަހަޅާފައިވާ ސަފީރުންނަކީ:
- ޖަރުމަނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ޝާން ޝާކިރު ސުވިޑަންގެ ނޮން ރެސިޑެންޓް ސަފީރަކަށް
- ލައްކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މަސްއޫދް އިމާދް ސީޝަލްސްގެ ނޮން ރެސިޑެންޓް ސަފީރަކަށް
- ޖެނީވާނެގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބް ޑރ. ސަލްމާ ރަޝީދު އޮސްޓްރިޔާގެ ނޮން ރެސިޑެންޓް ސަފީރަކަށް
މި ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ތިން ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވާއިރު، މި ތިން ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފައެވެ.

