މެދުރާއްޖެތެރޭގެ ތިން ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި ކުރިއަށްދާ މަޝްރޫއުގެ މަސައްކަތްތައް:
- ނ. ހޮޅުދޫގައި މިވަގުތު ކުރިއަށްދަނީ މުޙައްމަދު ރާޝިދު ހިނގުމުގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތާއި، ޗާންދަނީ މަގުގައި ބެކް ފިލިންގެ މަސައްކަތް،
- ޅ. ހިންނަވަރުގައި ކުރެވެމުންދަނީ ރޯޑް 01 ގައި ސޯކް ޕިޓް ރަނގަޅުކުރުމާއި، ރޯޑް 09 ގައި ދުވާރު ހެދުމުގެ މަސައްކަތް،
- އދ. މާމިގިލީގައި ކުރިއަށްދަނީ ރަށްދެބައި މަގުގައި ދުވާރު ހެދުމުގެ މަސައްކަތާއި، އަމީނީމަގުގައި ކޭބަލް ޖަންކްޝަން ކާސްޓް ކުރުމުގެ މަސައްކަތް.
އާރްޑީސީގެ މި މަޝްރޫޢުގެ ދަށުން މެދުރާއްޖެތެރޭގެ ޖުމްލަ ހަތް ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި ރަށްތަކުގެ ތެރޭގައި ނ. ހޮޅުދޫ އާއި، ނ. ވެލިދޫ އާއި، ޅ. ހިންނަވަރާއި، މ. މުލަކާއި، އއ. ތޮއްޑޫ އާއި އދ. މާމިގިލީގެ އިތުރުން ދ. ކުޑަހުވަދޫ ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

