ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ށ. އަތޮޅު ކައުންސިލުން ފަށައިފައިވާއިރު، މިހާރު ރާއްޖޭގެ 17 ރަށަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާކަމަށް “ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރު” ޑީއެންއާރުން ވަނީ ހާމަކޮށްފައެވެ.
އަންނަ ހަފްތާ ތެރޭގައި ށ. އަތޮޅު މިލަންދޫގައި ވެސް ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މި އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މި ޚިދުމަތް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މިޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

