ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 34 އަހަރަށް ޖަލަަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އަޙްމަދު ރަޝްވާން އިސްމާޢީލް ރަޝީދުގެ މައްޗަށެވެ.
އެގޮތުން، ދައުލަތުން އޭނޤގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާއިރު، އެއީ ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވެފައިވެ، އޭނާގެ މައްޗަަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވެ 14 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާއިރު، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވެ، އޭނާ ވަނީ 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

