ފުވައްމުލަކު ސިޓީގައި ކަރަންޓު ޖެހިގެން ޒުވާނަކު ނިޔާވެއްޖެއެވެ.
ކަރަންޓުގައި ޖެހިގެން ނިޔާވެފައި ވަނީ ރ. އަލިފުށީ އަބަދަށްހިޔާގެ، އުމުރުން 27 އަހަރުގެ އަބްދުﷲ ރިޝްދާންއެވެ.
އޭނާ ކަރަންޓް ޖެހިފައިވަނީ ކޮންސްޓްރަކްޝަން ސައިޓެއްގައި ހުއްޓައެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި ހުއްޓާ ހަބަރު ހުސްވެގެންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފަ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ އަކީ ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރާ ޒުވާނެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.

