ހުޅުމާޅޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެއްބަނޑު އެއްބަފާ ދެބެން (ޓްވިންސް)އެއް ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. އަލިހަވާގެ، ކ. މާލެ، އުމުރުން 28 އަހަރުގެ ރާއިފު ޔޫސުފް އާއި އުމުރުން 28 އަހަރުގެ ރާއިގު ޔޫސުފްއެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ ރޭ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލޭގެ އެޕާޓްމެންޓަކުން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމެންޓް ބަލައި ފާސްކޮށްފައިވާއިރު، ފުލުހުން ވަނީ ވޭޕް ފްލޭވާ ފުޅިތަކާއި، ވީޑް ގްރައިންޑާއަކާއި ވޭޕްތަކާއި އަދި ވަޅިއެއް ވެސް އަތުލައިގަނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

