މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެކަމަށް ައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅވެއްޖެއެވެ.
ރައްޔިތުން އެކު” ޕޮޑްކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން، ރައީސް ވިދާޅުވީ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަަށާއި އެ މަސައްކަތް މިހާރު އެ ކުންފުންޏާ ވެސް ހަވާލު ކޮށްގެން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓް އެސްޓީއޯއާ ހަވާލުކުރެވިފައިވާއިރު، މިހާރު އެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށާއި، ވައުދާއި، އެއްގޮތަށް މި އަހަރު ނިމޭހައިރު، ކޮންމެ އަތޮޅެއްގައި ކަނޑައަޅައިފައިވާ ރަށުގައި އެސްޓީއޯ ރޭޓުގައި އެ އަތޮޅުން ތެޔޮ ލިބޭނެ ކަމަށެވެ.
އަތޮޅުތެރޭގައި އެސްޓީއޯ ރޭޓުގައި ތެޔޮވިއްކަން ފެށުމުން އަގުބޮޑުކޮށް ތެޔޮ ވިއްކާ ފަރާތްތަކަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، އައިސް ލިބުމުގައި ދިމާވާ ދަތިކަން ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މަސް ދޯނީގައި އާރުއެސްޑަބްލިއު ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި، ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް އެބަ ހިނގާ ކަމަށެވެ.

