ކ. އަތޮޅު ރިސޯޓެއް ކަމަށްވާ ވަރު-ބައި އެޓްމޮސްފިއާ ރިސޯޓުގެ ވޯޓާ ވިލާ ކައިރިން ކިނބުލެއް ފެނިގެން އެ ހިފުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލު "ހުވަދޫ މީޑިއާ"އަށް މައުލޫމާތު ދެމުން ވިދާޅުވީ ކ. އަތޮޅު ރިސޯޓެއް ކައިރިން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ ކިނބޫ އަދި ހިފިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ކިނބޫ ހިފުމުގެ މަސައްކަތް މިވަގުތުވެސް ކުރަމުންގެންދާ ކަމަށް ވަނީ އޮފިޝަލު ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނިގެންދަނީ ހައެއްކަ ފޫޓުގެ ކިނބުލެއް، ހިލަ ތޮށިގަނޑު މަތީ ހަރަކާތްތެރިވަމުންދާ މަންޒަރެެވެ.
ރާއްޖޭން ކިނބޫ ފެނުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެންނަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

