މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:23 އެހާކަށްހާއިރު ކަމަށެވެ. ވެއްޓިފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ޒުވާން ދިވެހި އަންހެނެއްކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ،
މި ހާދިސާއާ ގުޅިގެން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ވެއްޓުނު އަންހެން މީހާ ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިކަމަށާއި އަދި މިވަގުތު އޭނާއަށް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

