މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ހުޅުވާލާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން މެއިމަހުގެ 29 ވަނަ ދުވަހާހަމައަށް އިނާމަށް އެދި ފޯމް ހުށަހެޅޭއިރު، ފޯމު ފޮނުވަންޖެހެނީ، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
މައިގަނޑު 39 ދާއިރާއަކުން ޤައުމީ އިނާމަށް މިއަހަރު ނަން ހުށެހެޅޭއިރު، މިއަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭއިރު، ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

