ރ. އަތޮޅު ހުޅުދުއްފާރުގައި މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަ ކުރުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރު އެރަށައް ވަޑައިގެންފިއެވެ.
މިނިސްޓަރ ހުޅުދުއްފާރަށް މިއަދު ވަޑައިގަތުމުން، ހުޅުދުއްފާރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ.
އެ ރަށުގައި މިރޭ ބާއްވާ ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވުމަށް ކުރެއްވި މި ދަތުރުފުޅުގައި މިރޭ އިރުއޮއްސޭއިރު ވަނީ ހުޅުދުއްފާރުގެ ކައުންސިލާއި، ޑަބްލިޔޫޑީސީގެ މެންބަރުންނާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

