މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ނޭމާއަށް އަނިޔާވެ، ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ނޭމާއަށް އަނިޔާވެފައިވަނީ އެޓްލެޓިކޯ މިނެއިރޯ ދެކޮޅަށް ސަންތޯސް އިން ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ. މިއާއި އެކު އޭނާ ވަނީ ކުޅުން ހުއްޓާލައި، ދަނޑުން ފައިބާފައެވެ. މި މެޗަކީ އޭނާ ކުޅޭ 100 ވަނަ މެޗު ކަންވެސް ފާހަގަކޮށްލެެވެއެވެ.
100 ވަނަ މެޗު ފާހަގަކުރުމަށްޓަކައި ނޭމާ މި މެޗު ކުޅެފައިވަނީ ވެސް 100 ވަނަ ނަންބަރު ޖާޒީގައި ޖަހައިގެންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބްރެޒިލްގެ ތަރި ފެނުނީ ކުޅުމާއި ދުރުންނެވެ. އެއީ އޭނާގެ ވާތު ކަކުލުގެ އޭސީއެލްއާއި މެނިސްކަސްއަށް އަނިޔާވުމުގެ ސަބަބުންނެވެ.
މި އަނިޔާގެ ސަބަބުން، މިދިޔަ މަހު ކޮލޮމްބިއާއާއި އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގް މެޗުތަކުގައިވެސް އޭނާއަށް ވަނީ ބައިވެރިވެވޭ ގޮތް ނުވެފައެވެ.

