އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިޢުލާނު ކޮށްފިއެވެ.
މި އިޢުލާން ކޮށްފައިވަނީ ގއ. ކޮލަމާފުށި، ގއ. މާމެންދޫ އަދި ޅ. ނައިފަރުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށެވެ. މި އިޢުލާނު ޝާއިޢުކޮށްފައި ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައެވެ.
އާރުޑީސީން މަޢުލޫމާތުދީފައިވާ ގޮތުގައި، ގއ. ކޮލަމާފުށީގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢަށް 10 ސަޕޯޓް ސްޓާފުންނާއި ވެލްޑިންގ މަސައްކަތްކުރާނެ ފަންނީ މުވައްޒަފުން ބޭނުންވެއެވެ. އަދި ގއ. މާމެންދޫގައި ހިންގާ މަޝްރޫޢަށް އިދާރީ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުން އަދި ޑްރައިވަރުން ބޭނުންވާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
ޅ. ނައިފަރުގައި ކުރިއަށްގެންދާ މަޝްރޫޢަށް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ސްޓާފުންގެ އިތުރުން އެހެނިހެން ދާއިރާތަކަށް ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާ ކަމަށް އާރުޑީސީން ވަނީ ފާހަގަކޮށްފައެވެ.
އާރުޑީސީން މިހާރު ދަނީ ރަށްރަށުގެ ހުއްޓިފައިވާ މަގުތައް ހެދުމުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިނަ އަދަދެއްގެ ރަށްރަށުގެ އުމްރާނީ މަސައްކަތްތައް ހުއްޓިފައިވާއިރު، ސަރުކާރުން މިހާރު ގެންދަނީ ހުއްޓިފައިހުރި ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް އަލުން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

