މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި މީހަކު އުމުރުދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ
މި ޖޫރިމަނާ އާއިއެކު ޖަލު ހުކުމް އައިސްފައިވަނީ ގދ. ހޯނޑެއްދޫ މާރަގަ، އަޙްމަދު ޝަރީފަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރީ، ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް، ޖޯލިފައްޗެއްގައި އިށީންދެގެންއިން ޝަރީފްގެ އުނގުމަތީގައި މަސްތުވާތަކެތި ފެނުމާއެކު، ފުލުހުން އޭނާ ޗެކުކުރިއިރު އޭނާގެ ޖީބުންވެސް މަސްތުވާތަކެތި ފެނުނު މައްސަލައެވެ.
ޝަރީފް ދަޢުވާއަށް އިންކާރުކުރި އިރު، މަސްތުވާއެއްޗެއްކަމަށްވާ “މެޓަމްފެޓަމިން ރެސިމޭޓް” އޭނާގެ އަތުން ފެނިފައިވާކަން ހުށަހެޅުނު ހެކި ގަރީނާތަކުން ސާބިތުވެފައިވާކަމަށް ކޯޓުން ވަނީ ނިންމިއެވެ.
ޙުކުމުގައި ކަނޑައެޅުނު 100،000 ރުފިޔާގެ ޖޫރިމަނާ 12 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ކޯޓުން އަންގާފައިވެއެވެ.

