ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި 18 އަހަރުގެ ކުދިންތަކެއް، ބަންގްލަދޭޝް މީހެއްގެ ބޮލުގެ ބައެއް ފަޅައިލައި ޒަޚަމްކޮށްލައިފިއެވެ.
މި ހާދިސާއަކާ ގުޅިގެން 18 އަހަރުގެ ތިން ފިރިހެނުންނާއި 17 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ފިހާރައެއް ކައިރީ ހިނގި މާރާމާރީގެ ރިޕޯޓް ލިބުނީ ރޭ 19:13 ހާއިރުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހަމަލާ ދިން ފަރާތްތަކުން ވަނީ ބަންގްލަދޭޝް މީހާގެ ބުމަ މަތިން ފަޅައިލާފައެވެ. އަދި އެމީހާގެ ބޯދުޅަވެ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާރާމާރީތައް އިތުރުވަމުން އައުމާ ގުޅިގެން ފުލުހުން ވަނީ ހުޅުމާލޭގައި ޕެޓްރޯލްކުރުން އިތުރުކޮށްފައެވެ.

