ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް މއ. ސިގްމާ، މުޙައްމަދު މުޖްތާޒް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުޖުތާޒަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ. މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެން ޝަހީދެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި މުޖުތާޒް އައްޔަން ކުރަން ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހު 7 ވަނަ ދުވަހުއެވެ.

