ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ފުލުހުން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ހޯދަމުންދަނީ ނ. މިލަދޫ، އަލްފާ، އަޙްމަދު ޢަބްދުލްޣަނީ (32އ) އެވެ.
އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް، އޭޕްރީލް 28 ވަނަ ދުވަހުގެ 14:00 އަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ

