ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދުމަށް އެފްއޭއެމްއިން އިއުލާން ކޮށްފިއެވެ.
ކޯޗަކު ހޯދުމަށް އިއުލާނު ކޮށްފައިމިވަނީ މިހާރު އެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާތީ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.
2019 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމާއި 2021 ވަނަ އަހަރު ގައުމީ ޓީމުގެ ހެޑް ކޯޗުކަންވެސް ސުޒެއިން ވަނީ އަދާކޮށްފައެވެ.
ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި އޭއެފްސީ ޕްރޯ ލައިސަންސް އޮތުމާއި އެކު، މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. ހަމައެއާއެކު، ކުލަބުތަކާއި ގައުމީ ޓީމުގައި މީގެ ކުރިން ނެރެފައިވާ ނަތީޖާއަށްވެސް ބަލާނެ ކަމުގައި ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެފްއޭއެމުން ވަނީ 2 އެސިސްޓެންޓު ކޯޗުންނާއި ގޯލް ކީޕަރު ޓްރެއިނަރ އަކާއި ފިޒިކަލް ޓްރޭނަރ އެއްވެސް ހޯދުމަށް އިއުލާން ކޮށްފައެވެ.

