އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ، އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާގެ ބައިވެރިން “މަސައްކަތްތެރިންނަށް ބާރު އޮންނަން ވާނެ”، “ނޯ ކިންގްޝިޕް”، “އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލާ” ފަދަ އިބާރާތްތަށް ލިޔެފައިވާ ބެނާތަކެއް ދަމަފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މުޒާހަރާގެ ބައިވެރިން އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުމާއި ސަރުކާރު ވަޒީފާއިން މުވައްޒަފުން ވަކިކުރުމާއި ފަަލަސްޠީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި ގުޅޭގޮތުން ޓްރަމްޕް ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން އަޑުއުފުލަމުންދާ އިރު، މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ 200،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށް، އެތަށް ސަތޭކަ ބަޔަކު ޑީޕޯޓް ކޮށްލާފައެވެ.
ހަމައެއާއެކު، ޑައިވަރސިޓީ، އިކުއިޓީ އަދި އިންކްލޫޝަން ޕްރޮގްރާމްތަކާއި މޫސުމީ އިސްނެގުމާއި ފަލަސްތީނަށް ތާއީދުކޮށް ކުރިއަށް ގެންދާ އެއްވުންތަކާއި ގުޅިގެން ޔުނިވާސިޓީތަކަށް ފެޑެރަލް ފަންޑު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕުގެ ސަރުކާރުން ވަނީ ދީފަ އެވެ. މި މި ސިޔާސަތުތައް ހައްގުތަކާ ބެހޭ ޖަމާއަތްތަކުންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

