ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މާދަމާގެ ޖަލްސާ ކެންސަލް ކޮށްފައިވާކަން މެމްބަރުން މެސެޖަކުން އަންގާފައިވާއިރު، ކެންސަލް ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާ މިދިޔަ ހަފުތާގައި ބޭއްވި ނަމަވެސް އޭގެ ކުރީ ހަފުތާގައި ބޭއްވީ އެންމެ ޖަލްސާއެކެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް ކޮމިޓީތަކުން މަސައްކަތްތައް ކުރިއަށް ގެންދެއެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
ޖަލްސާތައް ކެންސަލް ކުރުމުގެ ސަބަބުން ބައެއް މެމްބަރުން ކަންބޮޑުވުން ވެސް ފާޅުކުރެއެވެ.

