ހުޅުމާލެ ހޮސްޕިޓަލްގައި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ކްލިނިކެއް ހުޅުވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުނު މިކްލިނިކްގެ އިފްތިތާހުކޮށްދެއްވީ ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.
އެޑްވާންސް ވޫންޑް ކެއާ އަކީ ވަކިގޮތަކަށް ބައްޓަން ކުރެވިގެން ފާރު ޖަހާފައި ހުންނަ ބަލި މީހުންނަށް ދެވޭ ޚާއްސަ ފަރުވާއެކެވެ. އޭގެ ތެރޭގައި ދުނިޔޭގައި މިހާރު އެންމެ އެޑްވާންސްކޮށް ބޭނުންންކުރާ ޑްރެސިން މެޓީރިއަލް މިކިލްނިކުން ބޭނުންކުރާނެއެވެ.
މި ކްލިނިކްގެ ސަބަބުން މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ފާރުތަކަށް ފަރުވާ ހޯދުމަށް ބަލިމީހާ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް ބަލިމީހާ ކްލިނިކުގައި ރަޖިސްޓްރީކުރެވި އެކްލިނިކުން ބަލިމީހާއަށް ދޭނެ ފަރުވާ އާއި ބަލާނެ ދުވަސްވެސް ކްލިނިކުން ހަމަޖައްސާދޭނެއެވެ.
މި ކްލިނިކަކީ އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ޕްލާސްޓިކް ސާޖަރީ ޑރ.މުހައްމަދު ވަހީދު އިސްކޮށް ހުންނަވައިގެން ހިންގާ ކްލިނިކެކެވެ.

