ގުގުރި ދެމުމަކީ ގިނަ ބަޔަކަށް ދިމާވާ އަދި އެތައް ބައެއްގެ ނިދީގެ އާދަތަކަށް ނޭދެވޭ އަސަރުކުރާ މައްސަލައެކެވެ. މިއީ ޚާއްޞަކޮށް ބަރުދަން ބޮޑު މީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ.
ގުގުރި ދެމުމަކީ ހަމައެކަނި އުނދަގޫ އަޑެއްގެ ގޮތުގައި، ގަސްތުގައި ބައިވެރިޔާ ނިދީގައި އަރާމު ހޯދުމަށް އޮންނަ ގޮތަކުން ކުރާކަމެއްކަމަށް ވިސްނައިގެން ދޫކޮށްލާ ކަހަލަ މައްސަލައެއް ނޫނެވެ. ބައެއްފަހަރު މިއީ ކަންބޮޑުވާންޖެހޭ ކަމެއްގެ އިޝާރާތަކަށް ވެސް ވެދާނެއެވެ.
ގުގުރި ދެމުމަށް މެދުވެރިވާ ސަބަބުތައް: ގުގުރި ދެމުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ވެއެވެ. މީގެ ތެރޭގައި ނޭފަތް ބެދުމާއި، ދުލާއި ކަރުގެ މަސްތަކުގެ ބާރު ދަށްވުމާއި، ކަރުގައި މަސްޖެހުމާއި، ކުޑަދޫ ދިގުވުން ހިމެނެއެވެ. މީގެ އިތުރުން ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދާ ގޮތުގެ ސަބަބުން ވެސް ގުގުރި ދެމުން ދިމާވެއެވެ.

ގުގުރި ދެމުމަކީ ހަމައެކަނި އުނދަގޫ އަޑެއްގެ ގޮތުގައި، ވިސްނައިގެން ދޫކޮށްލާ ކަހަލަ މައްސަލައެއް ނޫނެވެ./ ފޮޓޯ ؛ ހެލްތީލައިފް
ޞިއްޙީ ނުރައްކާތައް: ގުގުރި ދެމުމަކީ ސީރިއަސް ޞިއްޙީ މައްސަލަތަކަށް މަގުފަހިވެދާނެ ކަމެކެވެ. މީގެ ސަބަބުން ސިކުނޑިއަށް ލޭ ފޮނުވާ ނާރުތައް ހަނިވެ، ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އަދި ހިތުގެ މައްސަލަތަކާއި، ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން ފަދަ ނުރައްކާތެރި ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
ފަރުވާ އަދި ބޭސްކުރުން: ގުގުރި ދެމުމުގެ މައްސަލައަށް އެކި ބާވަތުގެ ފަރުވާތައް ލިބެން ހުރެއެވެ. މީގެ ތެރޭގައި ބަރުދަން ލުއިކުރުމާއި، ދުންފަތާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުން ހިމެނެއެވެ. އަދި ޚާއްޞަ އާލާތްތަކާއި މެޝިންތައް ބޭނުންކުރުމާއި، ބައެއް ހާލަތްތަކުގައި އޮޕަރޭޝަން ކުރުން ހިމެނެއެވެ.

ގުގުރި ދެމުމަކީ ހަމައެކަނި އުނދަގޫ އަޑެއްގެ ގޮތުގައި، ވިސްނައިގެން ދޫކޮށްލާ ކަހަލަ މައްސަލައެއް ނޫނެވެ./ ފޮޓޯ ؛ ހެލްތީލައިފް
އަމިއްލައަށް ކުރެވިދާނެ ކަންތައްތައް
- ގިނައިން ފެން ބުއިން
- ބަރުދަން ލުއިކުރުން
- ނޭފަތް ބެދުން ހުއްޓުވުމަށް ފިޔަވަޅު އެޅުން
- ގަވާއިދުން އެއްގަޑިއެއްގައި ނިދުން
- ދުޅަހެޔޮ ކާނާ ކެއުން
- ގަވާއިދުން ކަސްރަތުކުރުން

ގުގުރި ދެމުމަކީ ހަމައެކަނި އުނދަގޫ އަޑެއްގެ ގޮތުގައި، ވިސްނައިގެން ދޫކޮށްލާ ކަހަލަ މައްސަލައެއް ނޫނެވެ./ ފޮޓޯ ؛ ހެލްތީލައިފް
ގުގުރި ދެމުމަކީ އެތައް ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ މައްސަލައެކެވެ. މިކަމަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ގުގުރި ދެމުމުގެ މައްސަލަ ޙައްލުކުރުމަށް ޞިއްޙީ މާހިރެއްގެ ލަފާ ހޯދައި، އެކަށީގެންވާ ފަރުވާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ޞިއްޙީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ވީހާވެސް އަވަހަކަށް ފަރުވާ ހޯދުން މުހިންމެވެ.
އެހެންކަމުން ތިމާގެ ބައިވެރިޔާ ރޯގާ ޖެހި ބަލިވެ ނޫޅުނަސް ކޮންމެ ފަހަރަކު ނިދީގައި ގުގުރި ދަމާ ނަމަ އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ!

