ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭގޮތުން ލ. އަތޮޅު ކައުންސިލުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމާއި، މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވައިފައިވަނީ މިއަދު ޓޫރިޒަމް މިނިސްޓްރީގައެވެ.
އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ އެހީގައި ލ. ފޮނަދޫ، ލ. ގަން އަދި ލ. އިސްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މިނިސްޓަރ ޠާރިޤް ވަނީ އަތޮޅު ކައުންސިލާ މަޝްވަރާކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކުގެ ގޮނޑުދޮށްތަކަށް ގެއްލުން ލިބެމުންދާތީ، މިފަދަ މަޝްރޫޢުތަކަކީ ވަރަށް މުހިންމު މަޝްރޫޢުތަކެއް ކަމަށް މށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ގޮނޑުދޮށްތައް ރައްކާތެރިވެ، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ކުޑަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލ. އަތޮޅު ކައުންސިލުން މި މަޝްރޫޢުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، މިނިސްޓްރީގެ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަޝްރޫޢުތައް އިތުރު ރަށްތަކުގައި ހިންގުމަށް އެދިވަޑައިގަތެވެ.

