ކުށްމަދުކޮށް، އަމާން ވެއްޓެއް ގާއިމް ކުރުމަށް ބ. އޭދަފުށީގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފަށައިފިއެވެ.
އޭދަފުށީ ކައުންސިލުގެ ފަރާތުން އެ ރަށުގެ ފުލުހުންނަށް ހަދިޔާ ކޮށްފައިވާ ކެމެރާ ތަކެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ ރަށުގެ ބަނދަރު ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި މަސައްކަތަކީ ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލް ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހަަމައެއާއެކު، އޭދަފުށި ޕޮލިސް ސްޓޭޝަނުން ވަނީ ޗިލްޑްރެން ޑާޓާ ބޭސް އިފްތިތާހުކޮށް ޑާޓާ ބޭސް އެއްކުރުމުގެ މަސައްކަތްވެސް ފަށާފައިކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

