މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ، ހިންގި މި މާރާމާރީ ރިޕޯޓްކޮށްފައިވަނީ 15:28 ހާއިރު ކަމަށް ފުުލުހުން ވަނީ ބުނެފައެވެ.
މި މަރާމާރީގައި އަނިޔާވީ 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެެވެ.

