ބާޒާރުމަތިން 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި އިމިގްރޭޝަނުގެ ޓާސްކް ފޯސްއިން އިއްޔެ ހަވީރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބާޒާރުމަތީގައި ހުރި ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެން ގޮސްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައި ވެއެވެ.
އިމިގްރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުން ދާއިރު، މި އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އެތައް ބިދޭސީންނެއް އަތުލައިގަނެ، ޑީޕޯޓްވެސްކޮށްފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން އަންނަނީ މާލޭ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ.

