ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ޓެރަރިޒަމާއި އެކަމާ ގުޅުންހުރި އެންމެހާ ޢަމަލުތަކާ ދެކޮޅަށްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އިންޑިޔާގެ ޕަހަލްގަމް ކިޔާ އަވަށަކަށް ނިރުބަވެރި ޖަމާޢަތަކުން ދިން ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ވިދާވުމަށް އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ޕަހަލްގާމްގައި ހިންގި ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާގައި މަރުވި ކުށެއްނެތް މީހުންނާއި ޒަހަމްވެފައިވާ މީހުންގެ ޚަބަރުން އެ މަނިކުފާނަށް ސިހުން ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމަށެވެ.
ޕަހަލްގަމްއަށް ޙަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ޙަމަލާގައި ޕަހަލްގަމްއަށް ޒިޔާރަތްކުރި 28 ފަތުރުވެރިއަކު މަރާލާފާވާއިރު، 20 މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

