މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޑިރެކްޓަރުން ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.
މިގޮތުން މި މަޤާމަށް ޢައްޔަންކޮށްފައިވަނީ ހއ. ފިއްލަދޫ، މަބުސްތާނުގެ، އަލްފާޟިލް މުޙައްމަދު ވަޙީދެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އަލްފާޟިލް މުޙައްމަދު ވަޙީދަކީ މީގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އަލްފާޟިލް މުޙައްމަދު ވަޙީދު ވަނީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިންގ މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

