އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
250 އެތުލީޓުންނާއެކު މި މުބާރާތް މާދަމާ ފަށާއިރު، މި މުބާރާތް ކުރިއަށް ދާނީ އެކުވެނި ސިންތެޓިކް ޓްރެކުގައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން މިއަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ 11 މުބާރާތުގެ ތެރެއިން މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ބާއްވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތް ފެށުމަށް ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 7:00 ޖަހާއިރުއެެވެ. މި މުބާރާތުގައި އެންމެ ފުރަަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އަހަރުން މަތީގެ ފިރިހެނުންގެ ދުވުމެވެ. ހަމައެއާއެކު، ހަމަ މި ގަޑީގައި 16 އަހަރުން ދަށުގެ ހައިޖަމްޕު އިވެންޓުވެސް ކުރިއަށް ދާނެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ދުވުންތެރިން ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވާދަކޮށްފައިވާކަން ފަހަގަކޮށްލެވެއެވެ.

