ތަޖުރިބާކާރު އޮޕަރޭޝަން ޑޮކްޓަރުންނާއެކީ ސާޖިކަލް ކޭމްޕް 2025 ތިނަދޫ ސިޓީގައި ފަށައިފިއެވެ .
އޭޕްރީލް 24–26 އަށް ކުރިއަށްދާ މި ކޭމްޕަކީ މިނިސްޓްރީ އޮފް ހެލްތު، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ޑރ.
ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެންނެވެ . ކޭމްޕް ހުޅުވުމުގެގޮތުން ތިނަދޫ ސިޓީ މޯލްޑިވެސް ނެޝަނަލް ޔުނިވަރސިޓީ ހޯލުގައި ރޭ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އިސްމާއިލް ޝަރީފެވެ.
އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން އާއި އޭއެސްއެމްއެޗްގެ ސީނިއާ މެނޭޖްމަންޓް ޓީމާއި ސްޓާފުންނާއި ތިނަދޫގެ މުހިއްމު މުއައްސާސާ ތަކުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.
އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕާބެހޭ އިތުރު މައުލޫމާތު "ހުވަދޫ" އާއި ހިއްސާ ކުރައްވަމުން ތިނަދޫ ގައި ހުންނަ ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ކޭމްޕުން ކުރިއަށް ގެންދާނީ:
• ދިރިއުޅުން ބަދަލުކޮށްދޭ ސާޖަރީތައް
• ޒަޚަމްތަކަށް ފަރުވާދޭ ކްލިނިކްތައް
• ތަދު މެނޭޖްކުރުމުގެ ފުރިހަމަ ހިދުމަތްތައް
• ޑޮކްޓަރުންނާއި ނަރުހުންނަށް ސީއެމްއީ ސެޝަންތައް ދިނުން
• އޯޕީޑީ ކޮންސަލްޓޭޝަންސް ކަމަށާއި ކޭކުގެ މަޤުސަދަކީ
އަހަރަކު ދިރިއުޅޭ ތިބެ ސަރަޙައްދުގައި ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ހޯދުމުގެ ފުރުޞަތު ދިނުން ކަމަށެވެ. ސިއްޚީ ވުޒާރާ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕް" އަކީ ސިލްސިލާ ކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާ ހަރަކާތެކެވެ.

