މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު އިސްލާމީ މަރުކަޒުގައި ރޭ ދެއްވި ދަރުހެއްގައި ދިވެހީންނަށް މުހިންމު 12 ވަސިއްޔަތެއް ކުރައްވައިފިއެވެ.
އެގޮތުން ކުރެއްވި ބައެއް ވަޞިއްޔަތް ތަކަކީ:
- އިސްލާމީ ޝަރީއަތުގެ އަސާސްތަކާއި އިސްލާމީ އަގީދާ ހިފެހެއްޓުން
- ޤަޟާޤަދަރަށް އީމާންވުން
- ނަމާދަށް ރައްކާތެރިވުން
- ދޭދޭ ފަރުދުންގެ މެދުގައި ސުލްޙަވެރިކަން ދެމެހެއްޓުން
- އިލްމު ފެތުރުން
- މާތް ﷲގެ ޒިކުރުގެ މަޖިލިސްތަކުގައި ބައިވެރިވުން
- ރިވެތި އަޚުލާގު ޚިޔާރުކުރުން
- ހަސަދަވެރިކަމުން ދުރުވުން
- ދޫ ރައްކާތެރި ކުރުން
- ކުށްތަތައް ވަންހަނާ ކުރުން
- މީހުންނަށް ހުތުރު އެއްޗެހި ގޮވުމުން ދުރުހެލިވުން
- އޯގާވެރިކަމަށް ބާރުއެޅުމާއި، އުރެދުމުގެ އަހުލުވެރީންނާ ދުރުވުން
މި ދަރުހުގައި، ޑރ. ޞަލާޙުލްބުދައިރު އާންމު ރައްޔިތުންނަށް ދެއްވި ނަސޭހަތްތަކަކީ މުސްލިމުންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ކަންތައްތަކެއް ކަމަށް ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރުގެ ދެއްވި ޚާއްޞަ ދަރުހުގެ ދިވެހި ތަރުޖަމާ އިއްވަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެ.

