މީސް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ ދަރިއެއްނޫން ކަމަށާއި، އެ ކުއްޖާއާއި ޢާއިލީ ގޮތުން ވެސް ގުޅުމެއް ނޯންނާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
އިޤްބާލް މިފަދައިން ވިދާޅުވީ އެކްސްގައި ދައުރުވަމުން އަންނަ ފޮޓޯ އަކާއި ގުޅުވާ ވާހަކަ ދައްކާތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
އިޤްބާލުގެ މެސްޖުގައިވަނީ “ވަރަށް މަޢާފާއިއެކުގައި ދަންނަވަން! ދައުރުކުރަމުންދާ މިފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއް ނޫން! އަދި ލަޔާލަކީ އަޅުގަނޑުގެ ޢާއިލާއާއި ގުޅުހުރި ކުއްޖެއްވެސްނޫން. މިފަދަ ބޮޑެތި ދޮގު ނުފެތުރުމަށް ގޮވާލަން. ފަސާދަ އުފެދޭފަދަ މިފަދަ ބުހުތާނު ނުފަތުރާ!” މިފަދައިން ވިދާޅުވެފައެވެ.
އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނާ ރަޝީދުގެ މައްސަލައިގެ ތަހްގީގަށް އައިޝަތު ލަޔާލީ އިގްބާލް ވެސް ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައި، އެމީހުން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

