މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ސަލާހުލް ބުދައިރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި އިއްޔެ ހަވީރު ފުރާވަޑައިގެންފިއެވެ.
އިމާމުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގަތުމަށް، އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅަކީ 41 އަހަރު ފަހުން ހަރަމްފުޅުގެ އިމާމެއް ރާއްޖެއަށް ޒިޔާރަތްކުރެއްވި ތާރީޚީ ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރެއްވި ހަރަމްފުޅުގެ އިމާމަކީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިޚް މުޙައްމަދު އައްސުބައްޔިލެވެ. އެއީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ދަތުރުފުޅެކެވެ.
އިމާމުގެ ދަތުރުފުޅުގެ ތެރެއިން ވަނީ ރައީސް އާއި، އަދި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވައިފައެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާވެސް ބައްދަލުކުރެއްވިއެވެ.

